Dowloads

Download counter Strike 1.6, Followin are the Files needed. Once you install "Cs1.6" (cs1.6.exe), Run "Path" for complete installation (cs16patch_full_v21.exe), If you wanna play with the computer install "Bot" (cs16-bots.zip); (optional)

Online news

Loading...

Updates on SAARC Nations.

Full Story of Josef Fritzl & Elizabeth Fritzl. - story & all photos

Full Story of Josef Fritzl, Elizabeth Fritzl, Kerstin Fritzl - story & all photos

http://interestingfactsandarticles.blogspot.com/2009/03/josef-fritzl-elizabeth-fritzl-kerstin.html

ނުބެހޭ ކަންތަކާބެހޭ އެންމެމަތީ މަޖިލީސް

މިއަދު ދިވެހިރާއްޖޭގައި ކަމާބެހޭފަރާތަކާ، ކުޑަކުދިންގެ ހައްޤުތަކާބެހޭ ޔުނިޓަކާ، އިސްލާމީކަންތަކާބެހޭ އެންމެ އެންންން....މެ މަތީ މަޖްލީހަކާ އަދި މިނުންވެސް އެތައްތަނެއް ކަންކަމާ ބެހެން ހަދާފަ އެބަހުއްޓެވެ. މިހުރިހާތަނެއް ހުރިއިރުވެސް އެތަންތަނުން ކަންކަމާ ބެހެންވާވަރަށް ނުބެހެވޭކަން ވަރަށް ހިތާމައާއިއެކު ފާހަގަކުރަމެވެ. އެތަންތަނުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރެވޭނަމަ، މިއަދު ދިވެހި މުޖުތަމާ މިފަދަ ނޭންގާނީ ދަރަޖައަކަށް ވެއްޓިގެން ނުދާނެކަން ޔަޤީނެވެ.
ނިކަންބައްލަވާށެވެ! ކުޑަކުދިންނާބެހޭ ޔުނިޓެއް އޮތްއިރު ކުޑަކުދިންނާ ބެހެނީ އެހެންބަޔެކެވެ. ޗައެލްޑް އެބިޔޫސްކުރުމަކީ ރާއްޖޭގައި އާންމުވެފައިވާ ކަމެކެވެ. ކަމާބެހޭފަރާތެއް އޮތްއިރު ވަގުންހިފައި ހަދަނީ ގިނައިން އާންމު ރަތްއިތުންނެވެ. މަގުފޭރުމާއި މަގުހިނގާ މީހުންނާއި ބެހެނީއެވެ. އިސްލާމީ ކަންތަކާއިބެހޭ މުޅިދުނިޔޭގެ އެންމެ އެންންން....މެ މަތީ މަޖްލިސް ރާއްޖޭގައި އޮތައިރު ދީންވަނީ ރައްޖޭގައި އޮޅިފައެވެ. ދީނީކަންކަމާއިބެހޭ "މާއެނގޭބޭކަލުން" ވަނީ މުޖުތަމާގައި ގިނަވެފައެވެ. އެމީހުން އުޅެމުންދަނީ އަމިއްލަ ގޮތްތަކެއް ނެރެ، މާބޮޑަކަށް އެނގިގަނެގެންނެވެ.
މިހުރިހާކަމަކާބެހޭ ހާއްޟަ ތަންތަން ހުރިއިރު އެތަންތަނުން އަދާކުރަންޖޭ ވާޖިބުތައް ފުރިހަމައަށް އަދާނުކުރެވޭ ކަމުގެ ނަތީޖާ މިދަނީ ފެނަނަމުނަނެވެ. އަދާކުރާނަމަ ދިވެހި މުޖުތަމާ އަކީ ކިޔަމަންތެރި އަޙުލާގު ރަންގަޅު ބަޔަކު އުޅޭ މުޖުތަމާއަކަށް ވާނެކަން ޔަޤީނެވެ.
ކަންކަމާބެހޭ އިދާރާތަކުން ކަންކަމާ ނުބެހެވެންޏާ މިހަރަދުބޮޑު ތަންތަން އުވާލުމައްފަހު ހުރިހާކަމަކާ ބެހި، ތިމާއާނުބެހޭ ކަންކަމާވެސް ބެހޭ ވޮލެންޓިޔަރ މަޖްލީހެއް އުފައްދަންވެއްޖެއެވެ. އޭރުން ބަޔަކު ކޮންމެތަނަކު ނުބައި އަމަލެއްކުރާތަން ފެނުނަސް އެވަގުތަކު އެތަނެއްގައިހުރި ހެޔޮވިސްނޭ މީހަކު އެކަން ހުއްޓުވަން މަސައްކަތް ކުރާނެތޯއްޗެކެވެ.
ކަންކަމާބެހޭ ހާއްޟަ އިދާރާއަކުން ދާދިފަހުންވެސް ބުނިއަޑު އަޅުގަނޑުއެހިން " މިނިސްޓްރީއަށް ތިކަމާބެހޭ ގޮތުން ރަސްމީސިފައެއްގަ އެއްވެސްފަރާތަކުން އަންގާފައެއްނެއް. އެހެންނަމަވެސް އާންމުންގެ މެދުގައި މިވާހަކަ ދެކެވޭ. އެހެންކަމުން އަދި މިކަމާ އެއްވެސް ފިޔަވަޅެއް ނާޅަން" . މިއީސަރުކާރުގެ ވެރިޔަކު ޓިވީއައް ދިން ބަސްދީގަތުމެއްގެ ތަންކޮޅެކެވެ.
އަޅެފަހެ ކޮންމެކަމެއް ހައްލުކުރަންވީ ވެދުންސަލާމައްފަހު ސިޓީއުރައަކަށްލާ ބަންދުކޮއްފައި ދަންނަވައިގެން ހެއްޔެވެ؟ ތަނަކުން އަޑެއް އިވިޖެނަމަ އެކަން ބެލުމަކީ ކަމާބެހޭ ފަރާތުގެ ވާޖިބެކެވެ. ބަޔަކު ދަންނަވަންދެން ތިބެންޖެހޭ ހެއްޔެވެ؟ ތަނަކުން ދުންއެރުމުން ފެންލޮރީ އަންނަފަދައިން، ބޮނޑިބަތް ފެނުމުން ނޫމީހުން އަންނަފަދައިން ގޯސް ހަބަރެއް އިވިޖެނަމަ އެކަން ވަގުތުންބަލާ ހައްލުކޮއްދިނުމަކީ ކަމާބެހޭފަރާތުގެ ވާޖިބެކެވެ.
ކަމާބެހޭ އިދާރާތައް މިއަދު މިވަނީ ހަރުދަނޑިކަން ދޫކޮއްލާ ހަރުދަނާ ވާންޖެހިފައެވެ. އެހެންނޫނީ މިހަރަދުބޮޑު އިދާރާތައް އުވާލުން މާ ބުއްދިވެރިވާނެއެވެ.

 

Z!YAU | About Me